ރާއްޖެއިން މިއަދު ވެސް އިތުރު 103 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުންނާއި، އެކި ރަށްރަށުން 68 މީހުންނާއި ރިސޯޓުތަކުން 15 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 80،539 އަށް އަރާފަ އެވެ.

ކޮވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1،607 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 153 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 78،695 އަށް އަރާފަ އެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ވަނީ ނިއާވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 206 ދިވެހިންނާއި 19 ބިދޭސީންނެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފަހަކަށް އައިސް އަތޮޅުތަކުގެ ގިނަ ރަށްތަކުން ކޮވިޑްގެ ކޭސްތައް ފެނި އަންނަނީ މޮނިޓަރިންގެ ހާލަތަށް ގެންނަމުންނެވެ.