ވެލާނާގޭގެ ފަސްވަނަ ފަންގިފިލާގައި ހިންގަމުން އަންނަ ޓޫރިޒަމް މިނިސްޓްރީގެ އޮފީހަށް މިއަދު ލިބުނު ގޮތް ނޭނގޭ ޕާރުސަލްއަކީ ގެއްލުމެއް ލިބޭނެ އެއްޗެއް ނޫން ކަމަށް ސިފައިން ބުނެފި އެވެ.

އެ ޕާރުސަލް ލިބުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފެށި އެވެ.

އެމްއެމްޑީއެފްއިން ބުނީ ޓޫރިޒަމް މިނިސްޓްރީއަށް ގޮތް ނޭނގޭ ޕާރުސަލުތަކެއް ލިބިގެން ރިޕޯޓްކުރުމާއި ގުޅިގެން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވި ކަމަށެވެ. އަދި އެއީ އެއްވެސް ގެއްލުމެއްވާނެ އެއްޗެއް ނޫން ކަމަށް ވެސް ސިފައިން ބުންޏެވެ.

އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން އޮފީހުން ނެރުމަށް ފަހު މިހާރު ސިފައިން ހަރަކާތްތެރިވަމުނެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަކި އެއްޗެއް ހާމަކޮށްފަ އެއް ނުވެ އެވެ.