މިއަދު ރާއްޖެއިން ޓެސްޓްކުރި 5602 ސާމްޕަލް އިން 138 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 51 މީހުންނާއި، އެކި ރަށްރަށުން 72 މީހުންނާއި ރިސޯޓުތަކުން 15 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 82،822 އަށް އަރާފަ އެވެ.
މިއަދު ޓެސްޓްކޮށްފައި ވަނީ 5،602 ސާމްޕަލް އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،037 މީހުންނެވެ. މިހާތަނަށް 80،545 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 17 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިއަދާ ހަމައަށް 227 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

އީރާނުގެ ސްކޫލަކަށް ހަމަލާދީ 53 ކުދިން މަރާލައިފި
އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދީފި
އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
