"ބިގް ބޮސް" ހުށަހަޅައިދީގެން ސަލްމާން ވަރަށް ގިނަ ފައިސާ ހޯދާކަމުގެ ވާހަކައަކީ އަބަދުވެސް ވަރަށް މަޝްހޫރު ވާހަކަ އެއް. މިފަހަރުގެ ސީޒަންގައި ކޮންމެ ހަފްތާއަކަށް 25 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 3.3 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. މިއާއެކު 14 ހަފްތާއަށް "ބިގް ބޮސް 15" ހުށަހަޅައިދިނުމަށް ސަލްމާން އަށް 350 ކްރޯޑް ރުޕީސް (47.4 މިލިއަން ޑޮލަރު) ލިބޭނެ.

ކަލާސް ޓީވީން ގެނެސްދޭ މަގްބޫލް ރިއަލިޓީ ޝޯ "ބިގް ބޮސް" ހުށަހަޅައިދޭ އަގު ބޮޑު ކޮށްދިނުމަށް ބޮލީވުޑް މަޝްހޫރު އެކްޓަރު ސަލްމާން ހާން ހުށަހަޅައިފި އެވެ.

ބިގް ބޮސް ސީޒަން 4 އިން ފެށިގެން ހޯސްޓް ކުރަމުން އަންނަ ސަލްމާން ހާން "ބިގް ބޮސް 15" ހުށަހަޅައިދޭ އަގު ބޮޑު ކޮށްދިނުމަށް ޝޯގެ ޕްރޮޑިއުސަރު ގާތުގައި ވަނީ އެދިފަ އެވެ.

https://www.instagram.com/p/CTt5L1nApwt/

"ބިގް ބޮސް" ހުށަހަޅައިދީގެން ސަލްމާން ވަރަށް ގިނަ ފައިސާ ހޯދާކަމުގެ ވާހަކައަކީ އަބަދުވެސް ވަރަށް މަޝްހޫރު ވާހަކަ އެކެވެ. މިފަހަރުގެ ސީޒަންގައި ކޮންމެ ހަފްތާއަކަށް 25 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 3.3 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއާއެކު 14 ހަފްތާއަށް "ބިގް ބޮސް 15" ހުށަހަޅައިދިނުމަށް ސަލްމާން އަށް 350 ކްރޯޑް ރުޕީސް (47.4 މިލިއަން ޑޮލަރު) ލިބޭނެ އެވެ.

"ބިގް ބޮސް"ގެ ކޮންމެ ސީޒަނެއް ފަށަން ކައިރިވާއިރަށް ސަލްމާން ޝޯ ހޯސްޓް ކޮށްދިނުމަށް ދެކޮޅު ހަދަ އެވެ. އެހެންވެ ޝޯގެ ޕްރޮޑިއުސަރުންނަށް ޖެހެނީ ކުރީގެ ސީޒަންތަކުގައި ހުށަހެޅި އަދަދަށް ވުރެ މާ ބޮޑު އަދަދެއް ހުށަހަޅައިގެން ޝޯ ހޯސްޓްކުރަން ސަލްމާން ލައްވާ އެއްބަސްކުރުވާށެވެ.

https://www.instagram.com/p/CUIVmClNa6c/

"ބިގް ބޮސް 15" ޝޫޓިންތައް ފެށިފައިވާއިރު މިފަހަރުގެ ޝޯގައި ބައިވެރިވާ ބައިވެރިން ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ ޖަންގަލީގެ ތެރެއިންނެވެ. މިބައި ހުށަހަޅައިދޭނީ "ބިގް ބޮސް 13" ގައި ބައިވެރިވެފައިވާ އާތީ ސިންގް އާއި ޑެވޮލީނާ ބަންޖާރީ އެވެ.

ސަލްމާން ހާން "ބިގް ބޮސް 15"ގެ ޝޫޓިންތަކުގައި ބައިވެރިވުމަށް އޭނާ މިހާރު ކުޅެމުން އަންނަ "ޓައިގާ 3" ޝޫޓިންތައް މެދުކަނޑާލުމަށް ފަހު މިހާރު ވަނީ އިންޑިއާއަށަ އައިސްފަ އެވެ.

މިފަހަރުގެ ޝޯގައިވެސް އިންޑިއާ ޓީވީގައި މަސައްކަތް ކުރަމުން އަންނަ ފަންނާނު ފެނިގެންދާނެ އެވެ.

"ބިގް ބޮސް 15" ފެށުމުގެ ކުރިން މިއަހަރު ވަނީ ކަލާޒްގެ ޑިޓިޒަލް ޕްލެޓްފޯމުގައި "ބިގް ބޮސް އޯޓީޓީ" ނަމުގައި އިތުރު ޝޯއެއް ވަނީ ގެނެސްދީފަ އެވެ.