ރާއްޖެއިން ޓެސްޓްކުރި 3،893 ސާމްޕަލް އިން 126 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޓެސްޓްކޮށްފައިވަނީ 3،893 ސާމްޕަލް އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދު 32 މީހުންނާއި، އެކި ރަށްރަށުން 88 މީހުންނާއި ރިސޯޓުތަކުން ހަތަރު މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84،290 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،614 މީހުންނެވެ. މިހާތަނަށް 82،432 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 231 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.