ކޮވިޑަށް އިތުރު 141 މީހުން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް ނެގި 4،410 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 141 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 29 މީހުންނާއި، އެކި ރަށްރަށުން 108 މީހުންނާއި ރިސޯޓުތަކުން ހަތަރު މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންއާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84،720 އަށް އަރާފަ އެވެ.

މިހާތަނަށް 82،875 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ފަރުވާދޭއިރު 1،601 މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިބަލީގައި މިހާތަނަށް ރާއްޖެއިން 231 މީހުން ވަނީ މަރުވެފަ އެވެ.