މާލޭގެ ސުކޫލެއްގައި ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ ޓީޗަރު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އެ މިނިސްޓްރީއަށް އެކަން ރިޕޯޓުުރެވުމާއެކު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށް ބުނެފަ އެވެ.
އެގޮތުން އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މައްސަލައިގައި ކުށްވެރިވާ ފަރާތް ސަސްޕެންޑު ކޮށްފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް އިއްޔެ ވަނީ، މާލޭ ސުކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖިންސީ ގޯނާގެ މި މައްސަލައިގައި އަނިޔާލިބިފައިި ވަނީ އުމުރުން ހަތަރު އަހަރުގެ ޕްރީސުކޫލު ދަރިވަރަކަށެވެ. ޖިންސީ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އާންމުވަމުންދާއިރު، މިފަދަ މައްސަލަތަކުގައި ކުށްވެރިންނަށް އެކަށީގެންވާ ހައްގު އަދަބު ނުދޭކަން ފާހަގަކޮށް އާންމުން ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
މޭރީބްރައުންގެ ނުތާހިރުކަން ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެ
ޑްރަގް ނެޓްވޯކްގައި ހިމެނޭ އަނާމް މަގާމުން ވަކިކޮށްފި
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި
