ޒަމާން ބަދަލުވެ ކޮންމެ މީހަކު ވެސް ބަލަނީ އަގުބޮޑު މޮޅު ފައިވާނަކަށް ނުވަތަ ބޫޓަކަށް އަރައިގެން އުޅެވޭތޯ އެވެ. ފައިވާން ރެކު ފުރާލެވޭތޯ އެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވާ ހިތްގައިމު ގޮނޑުދޮށްތަކުގައި ވެސް ހުސްފަޔާ ހިނގާލުމުގެ ބަދަލުގައި ގިނަ ބަޔަކު މިހާރު އެކަމަށް ހާއްސަ ބޫޓެއް ހޯދައިގެން އުޅުމަކީ އާންމު ކަމެކެވެ. މޫދު ކައިރީގައި ނޫނަސް ހުސްފަޔާ ހިނގާލުމުގެ ފައިދާ އެނގޭ ހެއްޔެވެ؟ އެކަމުގެ ބައެއް ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.
ވަގުތުކޮޅެއް ހުސް ކޮށްލައިގެން ކޮންމެ ދުވަހެއްގައި ވެސް ވެލިގަނޑު މަތީ ހުސްފަޔާ ހިނގާލުމަކީ އަޅުގަނޑުމެންގެ މި ރާއްޖޭގައި ފައްސޭހަކަމާ އެކު ކޮށްލެވެން އޮތް ސިއްހީ ގޮތުން އެތަކެއް ފައިދާތަކެއް ލިބިދޭނެ ކަމެކެވެ. އެގޮތުން ހުސްފަޔާއި ހިނގާލުމަށް އާދަކުރުމުން ހަށިގަނޑުގައި ހުންނަ ކުދި ރިހުންތައް ފިލައިގެންދެ އެވެ.
ސަައިންސްވެރިންގެ ހޯދުންތަކުން އެނގޭގޮތުގައި އާންމުކޮށް ހުސްފައިގައި ހިނގާ ފަރާތްތަކުގެ ރޭގަނޑުގެ ނިދި މި ގޮތަށް ނުހިނގާ ފަރާތްތަކާ އަޅާބަލާއިރު ފުރިހަމަވެ އެވެ. ރޭގަނޑު އަރާމު ނިންޖެއް ބޭނުންނަމަ އާންމު ގޮތެއްގައި މި ގޮތަށް ހިނގުމަށް އާދަކޮށްލަމާ ހިނގާށެވެ.
އޭގެ އިތުރުން ހުސްފަޔާ ހިނގުމުގެ ސަބަބުން ލޭގައި ހުންނަ ހުދު ބުލަޑް ސެލް ދަށްކޮށް ރެޑް ބުލަޑް ސެލް އުފައްދައިދޭ މިންވަރު އިތުރުވުމަށް އެހީތެރިވެދެދިނުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ރަނގަޅު ކޮށްދެ އެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި ހުސްފަޔާ ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހުންނަ ލޭގެ އެއްސެލް އަނެއް ސެލްއާއި ތަތްވުމުން ދުރުކޮށްދެ އެވެ. މީގެ ސަބަބުން ލޭގެ އޮލަމިން ކުޑަވުމަށް އެހީތެރިވެދެ އެވެ. އެހެން ކަމުން ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީވެދެ އެވެ.
ބައެއް އަންހެނުންނަކީ މައްސަރު ދުވަސްތައް ވަރަށް ވޭނުގައި ހޭދަކުރާބައެކެވެ. އެފަދަ ފަރާތްތަކުންވެސް ހުސްފަޔާ ހިނގާލުމުން މަސްވަރު ދުވަސްވަރު ބަނޑުގައި ރިއްސުމަށް ލުއިވެގެންދާނެ އެވެ.
ހުސްފަޔާ ހިނގާލުމަކާ މިހާ ފައިދާ ލިބޭ ކަމަކަށް ވީއިރު އަހަރުމެންގެ ދުވަހުގެ ތާވަލުން މިކަަމަށް ވަގުތުކޮޅެއް ހާއްސަ ކުރުމަކީ ބުއްދިވެރި ކަމެކެވެ.
ދެން ޑިޖިޓަލޭ މެން ނިކުމެ ބުނާނެ ހިނގާނެ ކަމެއް ނެތޭ ހިނގުން މިހާރު ތިމަންނާ އޮންނާނީ ޑިޖިޓަލް ކޮށްފައޭ ކޮންމެ ގެއަކުން 150 ރުފިޔާ މަހަކު ސަރުކާރަށް ދޭންވީއޭ މީ ދެން ޑިޖިޓަލޭ މެން ބުނާނެ އެއްޗަކީ...