ދިވެހިންގެ ތެރޭގައި ހިފާފައިވާ ނުރަނގަޅު އާދަ އެކެވެ. ތަނެއްގައި ރިއްސާލާއިރަށް ނުވަތަ ތަނަކަށް ތަދުވާއިރަށް ޑޮކްޓަރުގެ އިރުދަކާއިވެސް ނުލާ ބޭސް ބޭނުން ކުރުމެވެ. ހާއްސަކޮށް ޕެނަޑޯލަކީ ބަނޑު ކެއުމަކަށް ބޭނުން ކުރާ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ކޮންމެ ބޭހެއްގައި ވެސް "ސައިޑް އެފެކްޓް" ހުންނާނެ އެވެ. ތިމާއާއި ނުގުޅޭ ބޭހަކަށްވެސް ވެދާނެ އެވެ. އެހެން ކަމުން ޑޮކްޓަރެއްގެ ލަފައާއި ނުލާ މާގިނައިން ބޭސް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެއީ ޕެނަޑޯލް ވިއަސް އަޕަމޯލް ވިއަސް އެވެ.

ޕެނަޑޯލް އަކީ ތިމާއާއި ނުގުޅޭ ބޭހެއްނަމަ ހުންއައުން، ބުރަކަށި ނުވަތަ އަރިކަށީގައި ރިހުން ފަދަ ކަންކަން ދިމާވެދާނެ އެވެ. ނުވަތަ ހަން ހިރުވާ، ރަތް ވުންވެސް މެދުވެރި ވެދާނެ އެވެ މިއީ ސީރިއަސް މައްސަލަތަކެއް ކަމުގައި ނުވިއަސް ޕެންޑޯލް ބޭނުން ކުރުމަށްފަހު މިފަދަ ކަމެއް ދިމާވާނަމަ އޭގެ މާނައަކީ ތިމާއާއި ޕެނަޑޯލް ނުނގުޅެނީ އެވެ. މީގެ އިތުރުންވެސް ކުޑަ ކަމުދެވޭ މިންވަރު މަދުވެ ހަންގަނޑު ރީނދޫވުމަށް ވެސް މި ބޭސް ނުގުޅޭނަމަ މެދުވެރި ވެދާނެ އެވެ. މީގެން އެއްވެސް ކަމެއް މެދުވެރިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެވެ.

އެކި ބަލިތަކަށް ޕެނަޑޯލް ހުންނައިރު އާދައިގެ ބޭހެއް ގޮތަށް ދެކި ޑޮކްޓަރުގެ ލަފައާއި ނުލާ ބޭސް ބޭނުން ކުރުމުން އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމަކެވެ. އެެހެން ކަމުން ސިއްހަތާއި ދޭތެރޭ ވިސްނާލައްވާ ބޭހެއް ބޭނުން ކުރުމުގެ ކުރިން އޭގެ މައުލޫމާތު ފުރިހަމައަށް ހޯއްދަވާށެވެ.

ހަތް އަހަރާއި 12 އަރާ ދެމެދުގެ ކުދިން 4-6 ގަނޑި އިރާ ދޭތެރޭ ބޭނުން ކުރަންވާނީ އެއް ގުޅަ އެވެ. 24 ގަޑި އިރުތެރޭ އެންމެ ގިނައިން ކާން ވާނީ 4 ގުޅަ އެވެ.

12 އަހަރުން މަތީގެ މީހެއްނަމަ ޕެނަޑޯލް ބޭނުން ކުރަންވާނީ 4-6 ގަނޑިއިރުތެރޭގައި 1-2 ގުޅައެވެ. 24 ގަޑި އިރުތެރޭ އެންމެ ގިނައިން ބޭނުން ކުރަންވާނީ 8 ގުޅަ އެވެ.