ޑައިޓް ކުރުމަކީ އެންމެން ކޮށްއުޅޭ ކަމެކެވެ. އެކަމަކު ފައިދާ ހުރި އެއްޗެހި ތައްޔާރު ކުރުމަށް ބޭނުންވާ ވަރަށް ވަގުތު ނުލިބުމުގެ ސަބަބުން ގިނަ ބަޔަކަށް ޑައިޓް ކުރުމަށް ވަނީ އުދަނގޫ ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެހެންކަމުން ކާއެއްޗެހި ހަދަން ވަގުތު ނުވާނަމަ މި އެއްޗެހި ކެއުމުގެ ތެރޭގައި ހިމަނާށެވެ.

ބަނަސް

ހެނދުނުގެ ނާސްތާގައި ޕާން ކެއުމުގެ ބަދަލުގައި ފާރޮށި ނުވަތަ ބުރައުން ބުރެޑް ބޭނުންކުރާށެވެ. އަދި ދުވަހުން ދުވަހަށް ކެއުމުގެ މިންވަރު މަދުކޮށްލާށެވެ.

ޖޫސް

ޕެކެޓް ކޮށްފައި ހުންނަ ތައްޔާރީ ޖޫހުގެ އިތުރުން އެނާޖީ ޑްރިންކްސް ބޭނުންކުރުން ހުއްޓާލާށެވެ. އަދި ގުދުރަތީ މޭވާ އެއް ބޭނުންކޮށްގެން ޖޫސް ގިރާށެވެ. މިއީ އެހާ ގިނަ ވަގުތުދާނެ ކަމެއް ނޫންކަން ޔަގީނެވެ.

ޑާކް ޗޮކްލެޓް

ޑައިޓް ކުރާއިރު ޗޮކްލެޓް ކެއުން ހުއްޓާލާކަން ނުޖެހެ އެވެ. އެކަމަކު ޗޮކްލެޓްގެ ތެރެއިން ވެސް ޑާކް ޗޮކްލެޓް ނުވަތަ ކޮކޯ މަދުން އެކުލެވޭ ޗޮކްލެޓެއްގެ އެތިކޮޅެއް ޑައިޓްގައި ހިމަނާލާށެވެ. ޑާކް ޗޮކްލެޓަކީ ވަރަށް ހިތި އެއްޗެއް ކަމުން، ކަމުދާ ފިލްމެއް ފަދަ އެއްޗެއް ބަލަން އިންނައިރު ކާލާށެވެ. އޭރުން ލާރަހަ އަށް ސަމާލުކަން ނުދީ ކާލެވޭނެ އެވެ.

ތެޔޮ

ކާއެއްޗެހި ތައްޔާރު ކުރާއިރު ތެޔޮ ބޭނުންނުކޮށް ތައްޔާރުކޮއްލާނެ އެއްޗެއް މަދެވެ. އެހެން ކަމުން ކެއުމުގައި ބޭނުންކުރާ ތެޔޮ އޮލިވް އޮއިލް ފަދަ ހަށިގަނޑަށް ފައިދާ ވާނެ ކަހަލަ ތެލެއް ބޭނުން ކުރާށެވެ. މީގެ ސަބަބުން ހަށިގަނޑުގެ ލުއިކަން އިހުސާސް ކުރެވި އެދެވޭ ނަތީޖާއެއް ހަށިގަނޑުން ފެނިގެންދާނެ އެވެ.