މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މާލޭގެ މެހެލި ގޯޅީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުންގެ އިދާރާއަށް މިއަދުގެ 8:21 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހަމަލާދިނީ ގެއެއްގެ ދޮރުމަތިންނެވެ. އަދި އެ ހަމަލާދިނުމާއެކު އެތަނަށް ގިނަ އަދަދަކަށް ލޭފައިބާފައިވެ އެވެ.

މި މައްސަލައިގައި ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއްކަން ފާހަގަކޮށް ފުލުހުން ވަނީ އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމަށް ބުނެފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ޒުވާނާ ދަނީ ސާޖަރީއެއް ހެދުމަށް ތައްޔާރުވަމުންނެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާނެކަމް ފުލުހުން ވަނީ ބުނެފަ އެވެ.