ސިވިލް ކޯޓަށް ހާޒިރުނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ ކޯޓަށް ހާޒިރުކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ ކޮންއިރަކު ކަމެއް ނޭނގެ އެވެ. އަދި ޖާބިރު ކޯޓަށް ހާޒިރުކުރަނީ ކޮން ބޭނުމަކު ކަމެއް ވެސް ސާފެއް ނުވެ އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި މެމްބަރު ޖާބިރު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ ގދ. އަތޮޅު ރަށެއްގައި ހުންނަވަނިކޮށް ކަމަށްވެ އެވެ.
ޖާބިރު ހައްޔަރުކުރިކަން ރައްޔިތުން މަޖިލީހުގެ އިދާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މެމްބަރު ޖާބިރު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން މަޖިލިސް އިދާރާ ކައިރީގައި ޖާބިރު އިހުތިޖާޖުކުރުމާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
ޑްރަގް ނެޓްވޯކްގައި ހިމެނޭ އަނާމް މަގާމުން ވަކިކޮށްފި
ސަމާހު ވަކިކުރީ "އޮބި ނޯންނަވަރަށް ވައްކަން ކުރާތީ": އަމާނީ
ޝަމާހު ވިދާޅުވީ އެ އޯޑިއޯއަކީ ހަދާފައިވާ އެއްޗެއް ކަމަށް

ޖާބިރަކީ ބިރެއް. މަސްތުވާ ތަކެތީގެ މުންނާރެއް.