ބޯވަ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން މިއަދު ހެނދުނު 08:58 ހާއިރު ރިޕޯޓުކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުމުންދޫ، އަރާއިރު، ޝުރައިހު ހަސަން އެވެ.
އޭނާ ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ޑައިވް ކޮށްގެން 55000 އަކަމީޓަރު ބަލާފައިވާ ކަމަށާއި އަދި ސްނޯކްލިން ކޮށްގެން 36000 އަކަ މީޓަރު ކޯސްޓު ގާޑުގެ ޑައިވަރުން ވަނީ ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދާ ޒުވާނާ އެންމެ ފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި، ކަޅުކުލައިގެ ސޯޓެއް ކަމަށެވެ.
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި