އއ. ތޮއްޑޫ ގެސްޓް ހައުސްއަކުން ގިނަ އަދަދެއްގެ ބަނޑުރާފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކު ހައްޔަރުކުރީ އުމުރުން 49 އަހަރުގެ ލެޓްވިއާ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނާގޮތުގައި ބަނގުރާ ފުޅިތައް ފެނުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އެ ރަށު ޑައިވް ވިލާ ނަމަކަށް ކިޔާ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ބަތަހުގީގުކޮށް ބަލަމުންގެންދާ ކަމަށެވެ.
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟
ހުޅުމާލޭ ފްލެޓެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ޓޭލާއާއި ޓްރެވިސްގެ ކައިވެންޏަށް ސިފައިން ނެރެފި
