ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގައި މިރޭ ކުއްލި އޮޕަރޭޝަނެއް ފަށައިފި އެވެ.

ދެ މުއައްސަސާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން ސިފައިންގެ އެހީތެރިކަމާއެކު އޮޕަރޭޝަނެއްް ފަށާފައިވާ ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކުން ކުރިއަށް ގެންދާ މިފަދަ އޮޕަރޭޝަންތަކަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ފާހަގަަކޮށްފައިވެ އެވެ.

"ގުޅިގެން" މި ނަމުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކަތްތެރިވަމުންނެެވެ.

ކުއްލިއަކަށް މިފަދަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތައް ގުޅިގެން ފަށާފައިވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.