ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާ އަހުމަދު މުޖުތަބާ ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

މުޖުތަބާ ނިޔާވީ، އޭނާގެ އުފަން ރަށަށް، ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން މުޖުތަބާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ މުހައްމަދު ޝަމީމް، "ހުރިހާ" އަށް މައުލޫމާތު ދެމުން ބުނީ، މުޖުތަބާ ނިޔާވީ އިއްޔެ ވަރަށް ގަދައަށް ހުން އައުމަށް ފަހުގައި ކަމަށެވެ. އަދި ބަނޑުގައި ރިއްސާތީ ދެއްވަދޫ އިން ފުރައިގެން އެއަތޮޅު ތިނަދޫއަށް ފަރުވާ ކުރުމަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

ޝަމީމް އިތުރަށް ބުނީ، މުޖުތަބާ އަކީ ރަށުގެ ކުދި ބޮޑު އެންމެންނާއި ގުޅޭ އަހުލާގު ރަނގަޅު މީހެއް ކަމަށެވެ.

މުޖުތަބާ ނިޔާވެފައިވަނީ އިތުރު ފަރުވާޤ ކުރުމަށް ތިނަދޫއިން އެމަޖެންސީކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ކުރަމުން ގެންދަނިކޮށެވެ. ކުއްލިގޮތަކަށް މުޖުތަބާ ނިޔާވި އިރު އޭނާގެ އަންބަކާއި ތިން ކުރިން ތިބެ އެވެ.