މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ބާއްވައިފި އެވެ.

ހެނދުނު 8 އިން ހަވީރު 4 އަށް ބޭއްވި މި އިންތިހާބުގައި ޖުމްލަ 54 ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފަ އެވެ.

އެމްއެންޕީން ބޭއްވި މި އިންތިހާބަކީ އެޕާޓީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅޭ މުހިއްމު އެއް ފިޔަވަޅު ކަމުގައި ޕާޓީގެ އައު ސްޕޯކްސްޕާސަން ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި ވޯޓުލުން ކުރިއަށް ގެންދިޔަ ހުރިހާ ރަށަކުންވެސް އިންތިހާބަށް އެއްބާރުލުން ލިބުނު ކަމަށާއި، އިންތިހާބު ކުރިއަސް ދިޔައީ ވަރަށް އޮމާންކޮށް ކަމަށް ޝިދާތާ ވިދާޅުފައިވެ އެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުން އެ ފުރުސަތު ދެވޭތާ ހަތް ދުވަސްތެރޭގައި ހުށަހެޅުމަސް ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިންތިހާބާ ގުޅިގެން ޕާޓީގެ ނައިބު ރައީސް ހުސައިން އިސްމާއީލް ވާހަކަދައްކާފައިވާއިރު، އޭނާ ވަނީ އެމްއެންޕީއަކީ އުމުރުން ހަގު ޕާޓީއެއް ކަމުގައިވީ ނަމަވެސް، މުޅި ރާއްޖޭގައި އެޕާޓީގެ އިންތިހާބު ކާމިޔާބު ކަމާއެކު ބާއްވައި ނިންމާލެވުނުކަން ފާހަގަކޮށްފަ އެވެ. އަދި އެކަމުން އެނގިގެންދަނީ މުސްތަޤްބަލުގައި ރާއްޖޭގެ ސިޔާސީ މަންޒަރު ކުރަހާނީ އެމްއެންޕީން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.