އައްޑޫ ސިޓީ ފުއްޓަރު ފަރާތުން އަނެއްކާވެސް ސީލްއެއް ފެނިއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ މިއަދު މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް ހިތަދޫ ފުއްޓަރު ފަރާތުން ސީލްއެއް ފެނިފައިވާ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ވަނީ ހިތަދޫ ކަންބިހަ ބީޗުން ސީލްއެއް ފެނިފައެވެ. އެ ސީލްގެ ދިގުމުނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެ ކަމަށް ހިތަދޫން ވާހަކަދެއްކި މީހުން ބުންޏެވެ.
ފިނި ސަރަހައްދުތަކުން ފެންނަ ސީލް އާންމުކޮށް އުޅެނީ އާކްޓިކް އަދި އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ސީލްއެއް ފެނުނު ފުރަތަމަ ފަހަރެވެ.
އީޕީއޭ އިން ބުނީ ސީލްއަކީ އިންސާފުންނަށް ނުރައްކާ އެއްޗެއް ނޫން ކަމަށެވެ.

"ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ދޭން އެދުނު"
ދިގުރަށުގައި ބޮޑު އަލިފާނުގެ ހާދިސާއެއް: ފަސް މަރު
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!
