ގއ. ދާންދޫ ކުނިގޮނޑުން މިނިކަށި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދާންދޫ ކުނިގޮނޑުން ކަށިގަނޑެއް ފެނިފައިވާ ކަމަށް މިރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެއީ ގިނަ ދުވަސްވެފައިވާ ކަށިގަނޑެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ އިންސާނެއްގެ ކަށިގަނޑެއްކަން ނުވަތަ ނޫންކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ދާންދޫ ކައުންސިލްގެ އެގްޒެކެޓިވް މުހައްމަދު އަލީ މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެއީ އިންސާނެއްގެ ކަނައަތު ފައިގެ އުކުޅުވަޅުގެ ކަށިގަނޑެއްކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
އަޒީޒާގެ ފެހުން 70 އަހަރުގައި ވެސް ވަރަށް ނަލަ!
