މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޯކިޑު މަގުގައި ހުންނަ މީޑިއާނެޓުގެ އޮފީހަށް ވަދެ ހިންގި މަރާމާރީއާ ގުޅިގެން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ އުމުރުން 19 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްކަމަށެވެ.

އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މާރާމާރީގައި ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ.

ފަހަކަށް އައިސް މާލޭގައި ސިލްސިލާ މާރާމާރީތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަދު ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.