ހިޔާ ފްލެޓްގެ 1 ވަނަ ޓަވަރުގެ 13 ވަނަ ބުރިން 18 އަހަރުގެ ކުއްޖަކު ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާ އޮތީ ބެލްކަނީގެ ރެއިލިންގައި އެލިގެންނެވެ. އަދި އެ ކުއްޖާގެ އަތުގައި އެވަގުތު ހިފަހައްޓައިގެން މީހަކު ހުރި މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެ ހާދިސާ ހިނގިއިރު، ވެއްޓެން އުޅުނީ 18 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ކުރިން ދިން މައުލޫމާތަށް ބަލާއިރު، ވެއްޓެން އުޅުނީ ކުޑަ އަންހެން ކުއްޖެކެވެ.

ނަމަވެސް ފަހުން ފުލުހުން ބުނީ 18 އަހަރުގެ އެ ކުއްޖާ މިހާރު ސަލާމަތް ކޮށްފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

"މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ އެ އޮފިޝަލް ވިދާޅުވި އެވެ.