އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކުށަށް ތައުބާވެ ހިތާމަކުރާ ކަމަށާއި ރައްޔިތުންގެ ކިބައިން މާފަށް އެދި، ގާނޫނީ ވަކީލް ނާޒިމް ސައްތާރު ބަޔާނެއް މިއަދު ނެރެފި އެވެ.
ރާއްޖޭގައި މަސައްކަތްކުރަން އައި ބަންގްލާދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގާއި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފް ވެފަ އެވެ.
އޭނާ މިއަދު ބަޔާނެއް ނެރުނީ މިއަދު ހަވީރު އެ މައްސަޅާގައި ހުކުމް ކުރުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.
ނާޒިމްގެ ބަޔާނުގައި ވަނީ ކުށަށް އިއުތިރާފް ވަނީ ކުށްވެރި ވުމުގެ އިތުރުން މިކަމުގައި އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، ވިކްޓިމަކަށް ވެސް ވެފައި ވަނިކޮށް ކަމަށެވެ.
"... އަދި އަޅުގަނޑު ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، އަޅުގަނޑު އިއުތިރާފުވެ މި ކުށަށް ކުރިމަތިލާން ބޭނުންވާތީ އެވެ."
ނާޒިމަށް ހުކުމް ކުރުމަށް ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 4:30 ގަ އެވެ.
މި މައްސަލާގައި ހިމެނޭ އަލަމްގީރު ވެސް އޭނާގެ މައްޗަށް އިއްވި ތިން ދައުވާއަށް ވަނީ އިއުތިރާފް ވެފަ އެވެ. ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ވާތީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
ޒިނޭކުރުމާއި ޝަރީކުކުރުމާ ކުޑަކުދިންނާ ބެހުމާ އަމިއްލަ ދަރިންނާ ބެހުމާ އަނބިންނަށް އަނިޔާކުރުމާ ރޭޕްކުރުމާ މަސްތުވުމާ ރާބުއިމާ ބަރަހަނާވުމާ މަކަރާ ހީލަތް ހަދައިގެން ފައިސާ ފޭރުމާ ވައްކަންކުރުމާ މާރާމާރިއާ މީހުން މެރުމަށްވުރެ އެއްޖިންސުން ގުޅުން ހިންގުން ނުބައެއް ނުވާނެ. ޒިނޭކުރީމަ އޯގަދަ. ޢެއްޖުންސުންގުޅުން ހިންގީމަ ޗީޗީ. މިއީ މުނާފިގުކަން. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާންގެ ފުއްސަވާދެއްވާނެ. ތައުބާވެ އެކަލާންގެ މަގަށް ރުޖޫއަވޭ.
ތިޔަ ފަދަ މީހުން ތައުބާ ވާން، އެންމެ ފުރަަތަމަ ތައުބާގެ ފެން ވަަރަން ދާން ޖެހޭނީ. އެވެސް މާސިންގާ ކަނޑެއްގެ މެދުގައި އެކަނިމާ އެކަނި.