ށ. ގޮއިދޫ ސްކޫލްގައި އިތުރު އަށް ކްލާސްރޫމެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
އެ ރަށުގައި އަށް ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތުގެ އެގްރިމަންޓްގައި ސޮއިކޮށްފައިވާއިރު، މި މަސައްކަތަކީ 2021 ވަނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން އެރަށުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެގޮތުން ގޮއިދޫގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔުނު ކުންފުންޏަކާ އެވެ. އެ ކުންފުނިން މި މަސައްކަތް ކުރުމަށް ހުށަހަޅާފައި ވަނީ 12,291,291.70 އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނިގޮތުގައި މި މަސައްކަރް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.
އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. އަދި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.
ރިވިއު: ޑާކްރެއިންގެ "އަލްވަދާއު"އިން ހިތްތައް ރޮއްވާލައިފި
ތާބޫގެ ނަމުގައި ބައްޕަގެ ނަން ހިމަނަން ބޭނުން ނުވާ ސަބަބު!
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
