ހުޅުމާލޭގައި ދެ ކޭސް ބަނގުރާ އެއްލާލުމަށް ފަހު ދެ މީހަކު ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުޅުމާލޭ ނިރޮޅުމަގު 13 ނަންބަރު ގޯޅިން، ދެ ކޭސް ބަނގުރާ ހިފައިގެން ސައިކަލެއްގައި ދިޔަ ދެމީހުން އެ ކޭސްތައް ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށެވެ.
އެ ދެ މީހުންނަށް މަގުމަތިން ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން ފިލަންވެގެން ސައިކަލު ބާރަށް ދުއްވާލި އެވެ. އަދި ވަގުތު، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވީ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ދިޔައީ ދެ ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓުވުމުން ސައިކަލުގައި ތިބި ދެމީހުން ބަނގުރާ ފުޅިތައް ހުރި ދެ ކޭސް ދޫކޮށްލުމަށްފަހު ފިލައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސުލްހައިގެ ވާހަކަތަކުގެ ކުރިން އީރާނުން ދެ ޝަރުތެއް
މާ ގިނައިން ކުޑަކަމުދެވުމަކީ ނުރައްކަލުގެ ރަނގަބީލަކަށް ވެދާނެ!
ބީޓީއެސްގެ އެނބުރި އައުން: އެއް އަހަރު ތެރޭގައި 34 މަންޒިލަކަށް!
