ބޮލީވުޑްގެ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ އެކްޓަރު އަމަން ދަލިވާލްއަށް އެމެރިކާގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.
އަމަންއަށް ހަމަލާ ދިން ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އޭނާއަށް ހަމަލާ ދީފައިވަނީ ޖިމެއްގައި ކަސްރަތު ކުރަން އުޅެނިކޮށެވެ.
އެ ވީޑިއޯގައި ހަމަލާ ދިން ފަރާތުން އަމަންއަށް އިންޒާރުދީ ވަޅިން ބިރު ދައްކާއިރު މަޑުމައިތިރި ކަމާއެކު އެމީހުންނާ ވާހަކަ ދެއްކޭތޯ އަމަން މަސައްކަތް ކުރެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހަމަލާގެ ސަބަބުން އަމަންގެ އުނަގަނޑަށާއި ބުޑަށް ބޮޑު އަނިޔާތަކެއް ލިބުނެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު މިހާރު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އަމަންއަކީ ޕަންޖާބުގެ ފިލްމުތަކުގައި ނަން މަޝްހޫރު ފަންނާނެކެވެ. ބޮލީވުޑުން އޭނާ ފެނުނު ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަންއާއެކު ޖޯދާ އަކްބަރު ހިމެނެ އެވެ<
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު
ސަލްމާންއާ ޖެެހުނު މައްސަލާގައި އެހީވީ އަކްޝޭ: ވިވެކް