އަތައަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު މޭވާ އެކެވެ. އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރެވޭ އަތައަކީ ސިއްހަތަށް ވެސް ވަރަށް ފައިދާހުރި ބާވަތެކެވެ.

ކާން މީރު މޭވާއެއް ކަމަށްވާ އަތައަކީ ހެޔޮ މިންވަރަކަށް ކެލަރީ، ޕްރޮޓީންސް، އަޔަން އަދި ފެޓް ހިމެނިފައިވާ މޭވާ އެކެވެ. ހަމަމިއާއެކު އެއީ މެގްނީސިއަމްއާއި ކެލްސިއަމް ފަދަ ހަށިގަނޑަށް ބޭނުންތެރި ނިއުޓްރިއަންޓްސް ހިމެނިފައިވާ މޭވާ އެކެވެ.

އަތައަކީ ފައިބާއާއި މިނަރަލްސް ހިމެނިފައިވާ މޭވާ އެކެވެ. އެގޮތުން އެއީ ހަޖަމްކުރުމަށް އެހީތެރިވެދޭ މޭވާއަކަށްވާއިރު ވިޓަމިންސް އިން މުއްސަންދި އެ މޭވާއަކީ މީހާ ޒުވާންކަން މަތީގައި ދެމެހެއްޓުމަށް އެހީތެރިވެދޭ މޭވާއެއްވެސް މެއެވެ.

އަތައަކީ ހަށިގަނޑުގެ ތެރޭގައި ލޭގެ ދައުރުވުން ރަނގަޅުކޮށްދޭ އެއްޗެކެވެ. އަތައަކީ ދަގަނޑުގެ ބައި ގިނަ އަދަދަކަށް އެކުލެވޭ މޭވާއަކަށް ވުމުން އެއީ ހިމޮގްލޮބިން ލެވަލްތައް ދެމެހެއްޓުމަށް ކާން ރަނގަޅު މޭވާއެކެވެ. އެއާއެކު އެނީމިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެސް އަތަ އެހީވެދެ އެވެ.

އަތަ ކެއުމުގައި އެންމެ ރަނގަޅު ގޮތަކީ ރޮލަށް ކެއުން ނަމަވެސް އެކި ކަހަލަ ކެއުންތަކާއި ބުއިންތައް ތައްޔާރު ކޮށްގެން ވެސް އަތަ ބޭނުން ކުރެވިދާނެ އެވެ.