ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ގެންދަވަނީ ދައުލަތުގެ ފައިސާ އިން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެމްބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށެވެ. އެކަމުން ާާާާާވާނެ މޮޅެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރާއި ކުޅުދުއްފުށީ ކައުންސިލް ވެސް ވަނީ އަލުން އަނބުރާ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.

އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ޞޯލިހު އެބޭފުޅުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.