ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،748 ސާމްޕަލުން އިތުރު 55 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ނުވަ މީހަކު ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14,885 އަށް އަރާފަ އެވެ. މިހާތަނަށް މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،813 އެވެ.
މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،015 އެވެ. އޭގެތެރެއިން 77 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ. އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 50 މީހަކު ވަނީ މަރުވެފަ އެވެ.
ފިރިހެނުންގެ ނަފްސާނީ ސިއްހަތަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން!
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
އެމްކިއުއޭއިން ކުރީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް: އެވިޑް ކޮލެޖު
