އަމާން، އޮމާން ބާއްޖަވެރި ގޮތްތަކުގައި ދެމިތިބެން ބޭނުން ނަމަ، އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް އައްޑު ސިޓީ އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ އެކީގައި ބޭއްވެވި ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ކުރިމަތިވެފައި އޮތް އިރު، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އެމްޑީޕީގެ ބޭފުޅުން ކުރި މަސައްކަތް ހަނދާން ހުންނެވި ކަމަށެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ނުކުންނެވީ ވެސް އެމްޑީޕީން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ކޮވިޑްގެ އާލަމީ ވަބާގައި ދެ އަހަރު އުޅެން ޖެހުނު އިރު، އެ ދެ އަހަރުގެ ތެރޭގައި ރައީސް ކުރެއްވީ މިންނެތް މަސައްކަތްތަކެއް ކަމަށް ވިދާޅުވެ، އިލްޔާސް ވަނީ ރައީސް އަށް ތައުރީފް ކުރައްވައިފަ އެވެ.

"އެ ދުވަހުން ފެށިގެން މިއަދާ ހިސާބަށް މުޅީ ދުނިޔެ އާއި ރާއްޖެ އަށް އާލަމީ ވަބާއެއް ކުރިމަތިވި. ދެ އަހަރު ލިބުނީ، އެ ދެ އަހަރުގެ ތެރޭގައި ރައީސް ދެއްކެވި މިންނެތް މަސައްކަތް، ހިކުމަތު އަމަލީ، ކެތް ނުކުރެވިގެން އަޅުގަނޑު ރައީސްގެ އަރިހުގައި ދެންނެވިން ކިހިނެތްތޯ ތި ހައްދަވަނީ. ރައީސް ވިދާޅުވީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ވިދާޅުވީ ޝެއިހް އެއް ނޫންހޭ." އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ކޮވިޑްގެ ވަބާ އާ ގުޅިގެން އެ އޯގާތެރިކަމާއި މަޑުމައިތިރިކަން ދައްކައިގެން ގައުމަށް ލިބިފައިވާ އަމާންކަމާއި ހަމަޖެހުން ގެއްލިގެންދާނެ ކަމުގެ ބީރު ހީވެފައިވާ ކަމަށެވެ. އެހެންވެ، ރައީސް ސޯލިހަށް ތާއީދުކޮށްދިނުމަށް ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ކުދިބޮޑު އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ބޭފުޅަކު ކޮށް ނުދެއްވާހާ މިންވަރަށް މިންނެތް މަސައްކަތް އެ ކޮށްދެއްވީ" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ހޮވަން ޖެހެނީ އަމާން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސް ދެއްވީމަ އެވެ.