ސިފައިންގެ ވަޒީފާއަށް އެދި މިހާތަނަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ސިފައިންގެ ވަޒީފާ އެދި ފޯމް ހުށައެޅުން މިމަހުގެ 31ގެ ނިޔަލަށް މުއްދަތު ހަމަވާނެ އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި ސިފައިންގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 759 މީހުން ފޯމް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި 112 އަންހެނުންނާއި 647 ފިރިހެނުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ވަޒީފާއަށް އެދި ޑިސެންބަރު 31 ނިޔަލަށް ހުށައެޅި ފަރާތްތަކަށް އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ސިފައިންގެ ނޮދަން އެރިއާ، ސަދަން އެރިއާ، ސެންޓްރަލް އޭރިއާގައި ބާއްވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ފޯމް ހުށަހެޅި މީހުންނާ މި މަހު ވަޒީފާއަށް އެދި ފޯމް ހުށައަޅާ ފަރަތްތަކުގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް ތާވަލްކޮށް، ފޯމް ހުށައެޅި ފަރާތްތަކާ ގުޅުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޓަވިއުތައް ކުރިއަށް ގެންދިޔައީ މާލޭގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.ނައިފަރު، ހދ.ކުޅުދުއްފުށީގަ އެވެ.

އެމްއެންޑީއެފް އިން ބުނީ މީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އެރިއާ ލ.ކައްދޫ އާއި ލ.ފޮނަދޫ އާއި ލ.ގަން އާއި ފ.ނިލަންދޫ އާއި މ.މުލީގައި އިންޓަވިއުތައް ބާއްވާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ސ. ހިތަދޫ އާއި ފުވައްމުލައް އާއި ގދ. ތިނަދޫގައި އިންޓަވިއުތައް ބާއްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.