މިރެއަކީ އަހަރުގެ އެންމެ ފަހު ރެ އެވެ. އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މާލޭގެ އިތުރުން ރަށްރަށުގައި ވެސް އާއިލާއާއި ރަހްމަތްތެރިންނާއެކު ބާބަކިއު ރޭވުމަކީ ދިވެހިންގެ ތެރޭގައި އާއްމު ކަމެކެވެ.

ނަމަވެސް ބާބަކިއުތަކުގައި ހެދޭ "ގްރިލްޑް" ކެއުންތަކަކީ ހަށިގަނޑަށް އޭގެ ސަބަބުން ނޭދެވޭ ގިނަ އަސަރުތަކެއް ކުރާ ކެއުންތަކެކެވެ.

ބާބަކިއު ހަދާއިރު އަންދާ އަލިފާނާއި އެއިން ނިކުންނަ ދުމުގެ ސަބަބުން އުފެދޭ ކެމިކަލް ރިއެކްޝަން އެއް ކަމަށްވާ ކާސިނޮގެންސް ނަމަކަށް ކިޔާ ކެމިކަލް ރިއެކްޝަން އަކީ ސިއްހަތަށް އޭގެ ނުރައްކާ ބޮޑު ކެއުމެކެވެ.

ކާސިނޮގެންސް އުފެދެން މެދުވެރިވަނީ

  • ވަރަށް ހޫނުގަދަކޮށް މަސްކެއްކުމުން
  • މަސް ކެކެމުން ދާއިރު އަލިފާންގަނޑަށް މަހުގެ ދިޔައެޅި އަލިފާންގަނޑުން މަސްތައް ރޯފިލުމުން
  • މާގިނައިރު ވަންދެން މަސްތައް ކެއްކުމުން

ކާސިނޮގެންސްއަކީ ހުރިހާ ވައްތަރެއްގެ މަހުން ވެސް އުފެދޭ ކެމިކަލް ރިއެކްޝަންއެކެވެ. މިއީ 300 ޑިގްރީ ފެރަންހައިޓް އަށް ވުރެ މަތީ ހޫނު މިނެއްގައި މަސްރޯފިލުވުމުން އުފެދޭ ކަމެކެވެ. ކާސިނޮގެންސް އުފެދުމުން ރައްކާތެރިވުމަށްޓަކައި ތިރީގައި މިވާ ކަންތައްކުރުން ރަނގަޅުވާނެ އެވެ.

  • މަސް ރޯފިލުވާއިރު އަލިފާންގަނޑުގައި މަސްތައް ސީދާ އަލިފާންގަނޑުގައި ނުޖެއްސުން (ފޮއިލް ބޭނުން ކުރުން)
  • ބާބަކިއު ކުރުމުގެ ކުރިން މައިކްރޯވޭވްގައި މަސްތައް ކެއްކުން (ބާބަކިއު ކުރަން ހޭދަވާ ވަގުތު ކުޑަކުރުމަށް)
  • އަވަސް އަވަހަށް މަސްތައް ފުށުން ޖެހުން

އެހެން ކަމުން މިރޭ ބާބަކިއު އެއް ހަދާނަމަ މިކަންކަމަށް ވިސްނާ ސިއްހަތަށް ގެއްލުން ނުވާނޭހެން މިކަން ކުރުން ވަރަށް މުހިންމެވެ.