އާއްމު ދިރިއުޅުމުގައި ދާހިއްލަން މެދުވެރިވެދާނެ ބައިވަރު ސަބަބުތައް ހުންނާނެ އެވެ. އެހެން ނަމަވެސް ދާހިއްލައި ލައިގެން ހުންނަ އަންނައުނު ފޯވާ ހިސާބަށް ދާނަމަ އެއީ ސަމާލުވާން ޖެހޭ ކަމެކެވެ.
ހަށިގަނޑުން އާދަޔާޚިލާފަށް ދާ ހިއްލާނަމަ އެއީ ސިއްހީ މައްސަލައަކަށް ވުން އެކަށީގެންވެ އެވެ. މި ބައްޔަށް ކިޔަނީ ހައިޕާހިޑްރޯސިސް އެވެ.
މި ބައްޔަކީ ހަށިގަނޑުން އަމިއްލައަށް ހޫނު އުފައްދައި އެ ހޫނުން މީހާ ދާ ހިއްލަން މެދުވެރިވާ ހާލަތެކެވެ. މިއީ ހޯމޯނަލް ބައްޔެއް ކަމަށް ބުނެވެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި
- ލައިގެން ހުންނަ ގަމީހާއި އިސްޓާކީނު ވެސް ދަލުން ފޯވުން
- ކަސްރަތުގެ ވަގުތުތަކުގައި ނޫނަސް ގަދަ އަށް ދާހިއްލުން އަދި ފިނި މާހައުލުގައި ވެސް ދާ ހިއްލުންރޭގަނޑު ގަޑީގައި ދާހިއްލުން، ވަކިން ހާއްސަކޮށް ނިދީގައި ބެޓްޝީޓު ފޯވާ ވަރަށް ގައިން ދާހިއްލުން
- ދާހިއްލުމުގެ އިތުރުން މޭގައި ރިއްސުމާއި ނޭވާކުރުވުން އަދި މަސައްކަތެއް ނުކޮށް ބަރުދަން ލުއިވުން
މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ. ހާއްސަ މީހަކަށް ދައްކާ ނަމަ ޑާމެޓޮލޮޖިސްޓަކަށް އެޕޮއިންޓްމަންޓް ހައްދާށެވެ.