ކޮޅަށްހުރެ ކެއުމުން ބަރުދަން އިތުރުވާން މަގުފަހިވާ ކަމަށް އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ސުރީ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާއިން ދައްކާގޮތުގައި ކޮޅަށްހުރެ ކެއުމުން އެކާ އެއްޗަކީ ލުއިކާނާއެއްގެ ގޮތުގައި ތިމާއަށް ބެލެވެ އެވެ. އަދި އިށީނދެ އިނދެ ކާއިރު ކާއެއްޗެއްސަށް ސަމާލުކަންދެ ވި ބޮޑު ނާސްތާއެއް ކުރެވުނު ކަމަށް ވިސްނި، ބަނޑު ފުރުމުގެ އިހުސާސް ގެނެސްދެ އެވެ. އަދި މިހެން އިހުސާސް ކުރެވުމުގެ ސަބަބުން ދެން އިތުރު ކާއެއްޗެއް ކާވަގުތު ފަސްކޮށްލެވި ކާ މިންވަރު މަދުވެ އެވެ.
މީގެ އިތުރުން ކާއިރު ބޭނުންކުރެވޭ ތަށްޓާއި އުލާއި ސަމުސަލުގެ ބާވަތުންވެސް ބަރުދަން އިތުރުވާން މެދުވެރިވާ ކަމަށް މިދިރާސާއިން ވަނީ ދައްކާފަ އެވެ. ޕްލާސްޓިކް ތައްޓާއި އުލާއި ސަމުސަލުން ކެއުުމުގެ ސަބަބުން އެކެވެނީ ލުއިކާނާއެއް ކަމުގައި ވިސްނި އަދި އިތުރަށް ކެއުމަށް މަގުފަހިވެ އެވެ. ނަމަވެސް ދަގަނޑު އުލާއި ސަމުސަލާއި ބިއްލޫރި ތަށީގައި ކެއުމުން އެކުރެވެނީ ނާސްތާއެއް ކަމަށް ވިސްނި ބަނޑުފުރޭކަމުގެ އިހުސާސް ކުރެވޭ ކަމަށް މި ދިރާސާއިން ދައްކާފައިވެ އެވެ.
ޔުނިވާސިޓީ އޮފް ސުރީ މި ދިރާސާ ހަދާފައިވަނީ ކާއިރު މީހާ ހުންނާ ހާލަތާއި ކުރާ ކަންކަމާއި ކާތަކެއްޗާއި މެދު ވިސްނޭގޮތާއި އޮންނަ ގުޅުން ދެނެގަނެގެންނެވެ. މި ދިރާސާއިން ދައްކާ ނަތީޖާ ދައްކާ ގޮތުންނަމަ ފޯނާއި ކުޅެމުން ނުވަތަ ޓީވީ ބެލުން ފަދަ ކަންކަން ކުރަމުން ކެއުމަކީ ވެސް ބަރުދަން އިތުރުވާ ކަަމެކެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ބީއެމްއެލްގެ ބޯޑުން ނިންމީ ހިއްސާދާރުންނަށް އުފާވެރި ނިންމުމެއް
2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ