ފާއިތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ އެ ދެ އިދާރާއަށް ވެސް ލިބުނު އެކި އިންޓެލިޖެންސް މައުލޫމާތުތަކަށް ލީޑުކޮށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
"ފާއިތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި، މަގުމަތީ އަގު ގާތްގަނޑަކަށް 21.6 މިލިއަން ރުފިޔާ އެ ތަކެއްޗަށް އަރާ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕްގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމަށް ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން ވަނީ ނިންމާފަ އެވެ.
އުފާވެރި ދިރިއުޅުމަކަށް އަމިއްލައަށް ދަސްކުރަން ޖެހޭ ހުނަރުތަކެއް
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން
މާލޭގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
