ރޯދަ މަހަށް ހާއްސަ ކޮށްގެން ހުރިހާއިން ގެނެސްދޭ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މިއަހަރު މި ގެނެސްދެނީ ދިވެހިންގެ އަމިއްލަ ރަހަތަކެވެ.

އެގޮތުން މިފަހަރު މިއޮތީ އަހަރުމެންގެ ތެރޭގައި ވަރަށް މަގުބޫލު ދިވެހި ވަންތަ ފޮނި ކެއުމެކެވެ. ހުނި ހަކުރަކީ ފަސޭހައިން ތައްޔާރު ކޮށްލެވޭ އަނގައަށް މީރު ކެއުމެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • 1/2 ހޫނު ފެން
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • 4 ޖޯޑު ގަބުޅި ހުނި
  • 200 ގްރާމް ހަކުރު
  • 1/2 ޖޯޑު ހުވަނދުމާ ފެން
  • 1 ސައިސަމުސާ މުގުރި ކާފޫރުތޮޅި
  • 1 ސައިސަމުސާ މުގުރި ފޮނިތޮށި

ތައްޔާރު ކުރާނެ ގޮތް

  1. ފުށާއި ތެޔޮ އަދި ހޫނު ފެން އެއްކޮށް ރަނގަޅަށް ފުށްގަނޑެއް މޮޑޭށެވެ. އެއަށްފަހު ކުދި ގުޅަ ޖަހައި ތިން އިންޗި ޑައިމީޓަރު ހުންނަ ވަރަށް ރޮށިތައް ދެމުމަށްފަހު އެއްފަރާތް ކުރާށެވެ.
  2. ބާކީހުރި ބާވަތްތައް ތެއްޔަކަށް އަޅައި މަޑު ގިނީގައި ރޯފިލުވާށެވެ.
  3. ހުވަނދުމާ ފެންފޮދު ހިކި ހަކުރުކޮޅު އެއްކޮށް ވިރުމުން އުނދުން މަތިން ބާލައި ހިހޫކުރަން ބަހައްޓާށެވެ.
  4. ހިހޫ ވުމުން ކުރިން ދެމި ރޮށިތަކުގެ މައްޗަށް އެއް މޭޒުމަތީ ސަމުސާގެ ގަބުޅި ހުނި އަޅައި ރޮށި ފަތް ޖަހާލުމަށްފަހު ރީތި ގޮތަކަށް ތުން ބައްދާލާށެވެ.
  5. އެއަށްފަހު އާވިން ހުނި ހަކުރުތައް ރޯ ފިލުވާށެވެ. ބޭނުންނަމަ ކުޑަ ތެޔޮ ފޮދެއްގައި ތެލު ވެސް ލެވިދާނެ އެވެ.