ރާއްޖޭގައި ހޯލްސޭލް ހިދުމަތްތައް ދޭ ކުންފުނިތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ވިލާ ޓްރޭޑިން އިން މުޅި ރާއްޖޭގައި ދެމުން އަންނަ ހޯލްސޭލް ހިދުމަތް ފުޅާކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ވިލާ ޓްރޭޑިން އިން ބުނީ، މިކަމުން އެ ކުންފުނިން ރާއްޖޭގެ ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސިނާއަތަށް ދޭ އެއްބާރުލުމާއި އިހުލާސްތެރިކަން ހާމަވެގެންދާ ކަމަށެވެ.
އެކަށީގެންވާ އަގެއްގައި ރާއްޖެއަށް ހޯލްސޭލްގެ ހިދުމަތް ދެމުން އަންނަ ވިލާ ޓްރޭޑިން އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އަތްފޯރާ ފަށުގައި ރަނގަޅު ކޮލިޓީގެ އުފެއްދުންތައް ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުން ކަމަށާއި، އެ ކުންފުންޏަކީ ހަމައެކަނި ތަކެތި ސަޕްލައި ކޮށްދޭ ފަރާތުގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ކުރިއެރުމާއި ކާމީޔާބީ ތަކުގެ ބައިވެރިއެއް ކަމަށް ދެކޭ ކަމަށެވެ.
ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް މިވަގުތު ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްސްގެ ތެރޭގައި މެދު އިރުމަތީގައި މަގުބޫލު އަލްމަރައި ބްރޭންޑްގެ ކޮލިޓީ ކިރުގެ ބާވަތްތަކާއި، އެކި ވައްތަތުގެ ޗީޒް އާއި ޖޫސް އަދި ކުކުޅު ފަދަ އެއްގަމުގެ މަހުގެ ބާވަތްތައް ހިމެނެ އެވެ. މި ކިރުގެ ބާވަތްތަކަކީ އަލްޓްރާ ހައި ޓްރީޓްމެންޓް (ޔޫއެޗްޓީ) ބޭނުންކޮށްގެން އުފައްދާ ތަކެއްޗަށް ވާތީ، ރޯ ކިރުގައި ހުންނަ ޖަރާސީމު ނެތިގޮސް ގިނަ ދުވަހު ކިރު ހަލާކު ނުވެ ހުރެ އެވެ.
މިއާއެކު އިނގިރޭސިވިލާތުގެ އެންމެ ކޮލިޓީ ރަނގަޅު ތަކެތި ވިއްކާ ސުޕަމާކެޓެއް ކަމަށްވާ ވެއިޓްރޯސްގެ ތަކެތި ވެސް ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް ވިއްކާއިރު، ޒުވާނުންނާއި އެތުލީޓުންގެ މެދުގައި ވެސް މަގުބޫލު ބުއިމެއް ކަމަށްވާ މޮންސްޓާ އެނާޖީ ޑްރިންކްގެ އެކި ފްލޭވާތައް ވެސް މި ކުންފުނިން ހޯލްސޭލްކޮށް ވިއްކަ އެވެ. މޮންސްޓާ އެނާޖީ ޑްރިންކްގެ ތަފާތު ރަހަތަކުގެ ތެރޭގައި އޮރިޖިނަލް އާއި އަލްޓްރާ ވޯޓާމެލަން އާއި ޕެސިފިކް ޕަންޗް ފަދަ ތަފާތު ފްލޭވާތައް ހިމެނެ އެވެ.
މިއާއެކު އިޓަލީގެ އޮތެންޓިކް އޮލިވް އޮއިލް އާއި ޕާސްތާ އާއި ސޯސްގެ އިތުރުން މެދު އިރުމަތީގެ ރަހަތައް އެކުލެވޭ ވިނެގާ ވެސް އުފައްދާ އޮޓިމާ ބްރޭންޑްގެ އުފެއްދުންތައް ވެސް ފާހަގަކޮށްލެވެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ޕާސްތާގެ ވައްތަރުތައް އުފައްދާ ކުންފުންޏަކަށް ވާއިރު އޮޓިމާ ޕާސްތާއަކީ އިޓަލީގައި ޒަމާނުއްސުރެ ތައްޔާކުރަމުން އަންނަ ޕާސްތާ ބްރޭންޑެކެވެ. އެހެންކަމުން މި ބްރޭންޑަކީ ކަސްޓަމަރުންގެ ތެރޭގައި އިތުބާރުހުރި، ކޮލިޓީ ބްރޭންޑެކެވެ.
އޭގެ އިތުރުން ޔުނިކް ފޯމިއުލާއަކާއެކު އުފައްދާފައިވާ އެކްޓިވް ލައިފް ސްޓައިލްތަކަށް އެކަށޭނަ ބުއިމެއް ކަމަށްވާ ކަރުހިއްކުން ފިލުވާލަދޭ "ޕްރައިމް" ވެސް ވިލާ ޓްރޭޑިން އިން ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށް ވިއްކަ އެވެ.
ވިލާ ޓްރޭޑިންގެ ހަނޑޫ ބްރޭންޑެއް ކަމަށްވާ ތަމީމް ބްރޭންޑުގެ ހަނޑުލަކީ 1،121 ގްރޭޑިންގެ މޮޅު ހަނޑުލެވެ. ދިގުކޮށް ހިމަކޮށް ހުންނަ މި ހަނޑުލަކީ އެހެން ހަނޑުލަށް ވުރެ އަވަހަށް ކެކޭ ހަނޑުލަކަށްވުމުން ކެފޭ/ ރެސްޓޯރެންޓުތަކުގައި ބޭނުންކުރަން ގިނަ ބަޔަކު މި ވައްތަރުގެ ހަނޑޫ އިހުތިޔާރުކުރެ އެވެ. އަދި ބިރިޔާނީ ފަދަ ބަތް ބޭނުންކޮށްގެން ތައްޔާރުކުރާ ގިނަ ކެއުންތަކުގައި ވެސް ބޭނުންކޮށް އުޅޭނީ މިވައްތަރުގެ ހަނޑުލެވެ.
މީގެ އިތުރުން ވެސް ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްތަކުގެ ތެރޭގައި ހޮރައިޒަން ފިޝަރީސްގެ މާންދޫ މަސް ބްރޭންޑުން އުފައްދާ އެކި ވައްތަރުގެ ތެލުގައި އަދި ފެނުގައި ބަންދުކޮށްފައި ހުންނަ ހައި ކޮލިޓީ ކަނޑު މަހުގެ ބާވަތްތައް ވެސް ހިމެނެ އެވެ.
ވިލާ ޓްރޭޑިން އިން އަންނަނީ މިނޫން ވެސް ގިނަ ބާވަތްތަކުގެ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގަމުން އަންނަ ހޮޓެލްތަކާއި، ރިސޯޓްތަކާއި ކެފޭތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް ވެސް ފޯރުކޮށްދެމުންނެވެ.