ޖަޕާނުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިސްޕޭސްއިން ހަނދަށް ފޮނުވި ޕްރައިވެޓް އުޅަނދުކަމަށްވާ "ރެސިލިއަންސް" ހަނދަށް ދިއުމުގެ މަގުމަތީގައި ފެއިލްވެއްޖެ އެވެ.
ހަނދަށް އެ އުޅަނދު ފޮނުވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އެވެ. ނަމަވެސް ހަނދަށް ދިއުމަށް ކުރި ދަތުރު ނާކާމިޔާބުވެ، ފެއިލްވާން މެދުވެރިވީ، އުޅަނދުގެ ސްޕީޑު މަޑުކުރުމަށް ދަތިތަކާ ކުރިމަތިވެ، އުޅަނދާއި ގުޅުން ކެނޑިގެން ކަމަށް އައިސްޕޭސްއިން ބުނެފައިވެ އެވެ.
މިއީ މި އަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކުން ހަނދަށް އުޅަނދެއް ފޮނުވުމަށް މަސައްކަތް ކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޓެކްސާސްގެ ކުންފުންޏެއް ކަމަށްވާ ފަޔާފްލައި އެއަރޯސްޕޭސްއިން ފޮނުވި "ބްލޫ ގޯސްޓް" ނަމަކަށް ކިޔާ އުޅަނދު ހަނދަށް ކާމިޔާބުކަމާއެކު ދެވިފައިވެ އެވެ.
.އައިސްޕޭސްގެ ސީއީއޯ ޓަކެޝި ހަކަމަދާ ވިދާޅުވި ގޮތުގައި މިއީ އެ ކުންފުނިން ހަނދަށް އުޅަނދެއް ފޮނުވުމަށް ކުރި ދެވަނަ މަސައްކަތެވެ. އަދި މި ނާކާމިޔާބީއާ ގުޅިގެން މައްސަލަ ދިރާސާކޮށް، ސަބަބު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އައިސްޕޭސްއިން މިހާރު ވަނީ މި މިޝަން ހުއްޓާލާފަ އެވެ.