އެމެކްސް ޕްލެޓިނަމް ކާޑުން ވިޔަފާރިކޮށްގެން ސިންގަޕޫރުގައި އޮންނަ ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

ބީއެމްއެލުން ބުނީ، މިމަހުގެ ނިޔަލަށް ކާޑުން މުއާމަލާތް ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 2 ކަސްޓަމަރަކަށް، އިތުރު ދެ ބޭފުޅަކާއެކު ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި:

• އެމްކްސް ސްކައި ސޫޓް ޓިކެޓް

• އެފް1 ސިންގަޕޯ ގްރޭންޑް ޕްރިކްސް 2025 އަށް 3 ދުވަހުގެ އެކްސެސް އާއެކު އެމެކްސް ސްކައި ސޫޓް ފާސް

• ސިންގަޕޫރުގައި 3 ރޭ ހުރުން

• ޚާއްސަ އެފް1 ގިފްޓް މަރޗަންޑައިސް ޕެކް

ބީއެމްއެލުން ބުނީ ޕީއޯއެސް މެދުވެރިކޮށް، އޮންލައިން އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި 3،000 ރުފިޔާއަށްވުރެ މަތިން ވިޔަފަރިކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށާއި، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށް ކަމަށެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކަށްވާއިރު، އެމެކްސްއާ އެކީ ބީއެމްއެލްއިން ވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތައާރަފުކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދިނުމާއި، އެމެކްސްގެ ހިދުމަތް ބަލައިގަތުން ތައާރަފުކޮށް އަވަސް ސްޕީޑެއްގައި ކުދި ފިހާރަތަކުން ފެށިގެން ދިވެހިރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެ ހިދުމަތް ފުޅާކުރުމާއި، އެމްކްސްއާއެކު "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފަށައި، ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުކޮށްދިނުން ފަދަ ލަނޑުދަނޑިތައް ހާސިލުކޮށްފަ އެވެ.