އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެ މައްސަލައިގެ ރިޕޯޓު ކޮށްފައި ވަނީ ގއ، ގދ، ޏ، ސ ގެ ތެރެއިން އަތޮޅެއްގައި ހިމެނޭ ރަށަކުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަނިޔާ ލިބޭ ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ވެސް ހިލާފުކަމަމަށްވާތީ އަނިޔާ ލިބޭ ކުޑަކުއްޖާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
45 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަނީ: ރިޕޯޓް
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މާދަމާ ގޮތް ނިންމާނެ: ޓްރަމްޕް
ވޯލްޑް ކަޕަށް ކޮލިފައި ވުމުން އަގު ބޮޑު ކާރާއި ބިން ހަދިޔާކުރަނީ