ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ)، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް، ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،500 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ބައިވެރިވިއިރު، ދިރާގުން ބުނީ، މާލޭގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި، އެއް ތަނެއްގައި ލައިވްކޮށް މައިގަނޑު 4 ގޭމް މުބާރާތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މި މުބާރާތްތަކުގައި އޮންލައިން ސާވަރތައް މެދުވެރިކޮށް އެއްފަހަރާ 150 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަވެރި މެޗުތަކެއް ކުޅެފައިވާކަން ފާހަގަކުރަމުން ދިރާގުން ބުނީ، މިއީ، މި ގޮތަށް ރާއްޖޭގައި މި ފަދަ މުބާރާތެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރު ކަމަށް ވެފައި، މިއީ ދިރާގުގެ ހަލުއި 5ޖީ ހިދުމަތުގެ ފެންވަރު އަދި ނެޓްވޯކުގެ ވަރުގަދަކަން ދައްކުވައިދިން ކަމެއް ކަމަށެވެ.
ޑީއެމްޖީސީ 2025 ކުރިއަށް ގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައިކަމަށާއި، މި ގޮތުން މި މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރެއްގެ ގޮތުގައި މިނީސޯ، އެލީޓް ޕަރޓްނަރުންގެ ގޮތުގައި ޝީޝާ، ޕީކަބޫ، މެގަޗިޕް އަދި ވިލާ މާޓް، ގޭމިން ޕަރޓްނަރުގެ ގޮތުގައި ރާއްޖެ ގޭމިން ކޮމިއުނިޓީ، ކޮންޓެންޓް ޕަރޓްނަރެއްގެ ގޮތުގައި ސިޑިބަރީ އަދި ކޭޓަރިން ޕަރޓްނަރެއްގެ ގޮތުގައި ބުރުޒު ކޭޓަރިން ހަރަކާތްތެރިވެފައިވާކަމަށް ދިރާގުން ބުނެ އެވެ.
ޑީއެމްޖީސީ 2025ގެ ވަނަތައް ހާސިލުކޮށްފައިވާ ޓީމުތަކާއި ކުޅުންތެރިންނަކީ:
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
- ޗެމްޕިއަން: އެލްއެންއެން ސްލީޕިންގފޮރެސްޓް
- ރަނާ-އަޕް: ވިގަނި
- ދެވަނަ ރަނާ-އަޕް: ޓިލް ވަލްހަލާ
- އެމްވީޕީ: އެލްއެންއެން އެސްއެލްއެފްއޯ ރީމާޒް
ޕަބްޖީ މޮބައިލް
- ޗެމްޕިއަން: އެސްޑީއެމްޒީ އީސްޕޯޓްސް
- ރަނަރ-އަޕް: ވީއީ އީޓޫއެސް ޓީއެމްސެވަން
- ދެވަނަ ރަނާ-އަޕް: އެލް އެފް އަކަޒާޔާ
- ތިންވަނަ ރަނާ-އަޕް: އެންޓެއިކޫ
- އެމްވީޕީ: އެސްޑީއެމްޒީ ހައިއްޓެ
އެފްސީ25
- ޗެމްޕިއަން: އިސްމާއިލް ޒަކްވާން ޝިހާޒް
- ރަނާ-އަޕް: ހުސައިން ޔައިޝް
- ދެވަނަ ރަނާ-އަޕް: މުހައްމަދު އައިމަން އަހްމަދު
- ތިންވަނަ ރަނާ-އަޕް: މުހައްމަދު ޒަޔާން އިސްމާއިލް
- އެމްވީޕީ: ހުސައިން ޔައިޝް (44 ގޯލު)
ރޮކެޓް ލީގު
- ޗެމްޕިއަން: އޯރިޔޯ
- ރަނަރ-އަޕް: އެގްޒައިލް
- ދެވަނަ ރަނަރ-އަޕް: ސިންޑިކޭޓްސް
- ތިންވަނަ ރަނަރ-އަޕް: އަނެއް ސްޕޯޓްސް
- އެމްވީޕީ: މާދިން
ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.