ތައިބާ މިސްކިތާއި އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް އުމަރު ފާރޫގަށް ގެއްލުން ދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މާލޭގެ މާފަންނުގައި ހުންނަ ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް ނުވަތަ ތައިބާ މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި މިސްކިތަށް ގެއްލުން ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މުހައްމަދު މުތީއު ހަސަން، 24، ގއ. ގެމަނަފުށި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހިތަދޫގައި މަސްޖިދުލް އުމަރު ފާރޫގަށް ގެއްލުން ދީފައިވަނީ އިއްޔެ އަސުރު ނަމާދަށް ފަހު އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯ ތަކަށް ބަލާއިރު މިސްކިތް ތެރެއަށް އެ ތަނުގެ ގޮނޑިތައް އުކާލައި ބައެއް ތަކެތި ހަލާކުކޮށްފައި ހުންނަ މަންޒަރު ފެނެ އެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
ސިފައިންގެ ވަޒީފާއިން ވަކިވާން މަޖުބޫރު މާއްދާ އުވާލަނީ
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!