ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ޝޯއެއް މިއަހަރުގެ އޭޕްރީލް މަހު އަވަށްޓެރި އިންޑިއާގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ޝޯއަކީ މިއަހަރު ތެރޭގައި ބާއްވާ ކާންޔޭގެ އެންމެ ފުރަތަމަ ކޮންސެޓް ޓުއާގެ ތެރެއިން ބާއްވާ ޝޯއަކަށެވެ.
އިންޑިއާގައި ކާންޔޭގެ ޝޯއެއް ބާއްވާނެ ކަމަށް ހަބަރުތައް ބުނެފައިވީ ނަމަވެސް އެ ޝޯ އޮންނަނީ އެ ގައުމުގެ ކޮން ސިޓީއެއްގައި ކަމެއް ނުވަތަ ޝޯގެ އެހެން އެއްވެސް ތަފްސީލެއް ވެސް މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.
މި ޝޯ ބާއްވާފައިނަމަ އެ ވެގެންދާނީ އިންޑިއާގައި ކާންޔޭ ހުށައަޅައިދޭ ފުރަތަމަ ޝޯއަށެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ އިންޑިއާއަށް ދިޔަ ނަމަވެސް ޝޯއެއް ދީފައެއް ނުވެ އެވެ.
މިހާތަނަށް 24 ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ ކާންޔޭއަކީ ޒަމާނީ މިއުޒިކަށް ބޮޑު ނުފޫޒެއް ފޯރުވާފައިވާ އެންމެ މަޝްހޫރު ހިޕް ހޮޕް އާޓިސްޓްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
އެހެން ކަމުން މިފަހުން އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގާދިޔަ ކަންތައްތަކަށްފަހު ވެސް އޭނާގެ މަގުބޫލުކަމަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.
އުތުރާއި މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު
ބަޖެޓަށްވުރެ އިތުރަށް ސަބްސިޑީއަށް މިދިޔަ އަހަރު ބޮޑު ހޭދައެއް!