އިންޑިއާގައި ކޮވިޑް-19 ހާލަތުގެ އިތުރަށް ގޯސްވެފައި ވާތީ، އެކަމާ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅުކުރައްވައިފި އެވެ.
ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ އިތުރު ރާޅަކާއެކު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށާއި އަދި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މި ޓްވީޓްގައި ވަނީ އިންޑީއާގެ ބޮޑުވަޒީރު މޯދީ ޓެގް ކުރައްވައިފަ އެވެ.
މިޙާލަތުގައި ވެސް ދިވެހިން ތިބީ އިންޑިއާއާއެކު ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. އަދި އިންޑިއާ އޮތް ހާލަތުން އަރައިގަތުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ކަމާގުޅޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެމަސައްކަތަސް ރައީސް ވަނީ ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅާއެކު ހާލަތު ގޯސްވެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މި ބަލީގައި ދުނިޔެ ދޫ ކުރަމުންނެވެ. އެ ގައުމަކީ މި ވަގުތު ދުނިޔޭގައި އޮތް ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ.
ހިޔާ ފްލެޓްގައި ހިނގީ ދެބެންގެ ދެމެދުގެ މާާރާމާރީއެއް
މަގާމްތަކުގައި ތިބި ރިޓަޔާޑް ބޭފުޅުންނަށް އިނާޔަތް ދެން ނުދޭނެ
އާރްޑީސީ އާއި ފެނަކައިގެ ގެއްލުން 437 މިލިއަން އަށް!