ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.2 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލް (ޓީބިލް) ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ބަޖެޓުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ދަނީ ދޭތެރެއަކުން ޓީ-ބިލްތައް ބާޒާރަށް ނެރެމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި އިއުލާނެއްގައިވާ ގޮތުން، މިފަހަރު ޖުމްލަ 1,256,726,000.00 (އެއް ބިލިއަން ދެސަތޭކަ ފަންސާސް ހަ މިލިއަން ހަތްސަތޭކަ ސައްބީސް ހާސް) ރުފިޔާ ހޯދުމަށްޓަކައި ތަފާތު ހަތަރު މުއްދަތަކަށް ބަހާލައިގެން ސަރުކާރުން ވަނީ ސެކިއުރިޓީޒް ގަންނަން ހުޅުވާލާފަ އެވެ.
މިފަހަރު އެ މިނިސްޓްރީން ވިއްކަން ހުޅުވާލާފައިވާ ޓީބިލްތަކުގެ ތެރެއިން އެންމެ ކުރު މުއްދަތަކީ 28 ދުވަހުގެ މުއްދަތެވެ. މި މުއްދަތަށް ވިއްކަނީ 305 މިލިއަން ރުފިޔާގެ ބިލެކެވެ. މީގެ އިންޓްރެސްޓް ރޭޓަކީ 3.50% ކަމަށް ވާއިރު، މި ބިލްގެ މުއްދަތު ހަމަވާނީ 13 ޖުލައި 2026 އަށެވެ.
ދެން ހިމެނެނީ 98 ދުވަހުގެ މުއްދަތަށް ވިއްކާ 453.4 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ. މީގެ އިންޓްރެސްޓް ރޭޓަކީ 3.87% އެވެ. އަދި މި ބިލްގެ މުއްދަތު ހަމަވާނީ 21 ސެޕްޓެމްބަރު 2026 އަށެވެ. މީގެ އިތުރުން 182 ދުވަހުގެ މުއްދަތަށް 40 މިލިއަން ރުފިޔާގެ ބިލެއް ވިއްކަން ހަމަޖެހިފައި ވާއިރު، މީގެ އިންޓްރެސްޓް ރޭޓަކީ 4.23% އެވެ. މި ބިލް މެޗުއަރީ ވާނީ 14 ޑިސެމްބަރު 2026 އަށެވެ.
މިފަހަރުގެ ބާޒާރުގައި އެންމެ ދިގު މުއްދަތަކަށް ނެރެނީ 364 ދުވަހުގެ ޓީ-ބިލެކެވެ. މިއީ ޖުމްލަ 458.3 މިލިއަން ރުފިޔާގެ ބިލެކެވެ. އިންވެސްޓްކުރާ ފަރާތްތަކަށް އެންމެ މަތީ ފައިދާއެއްގެ ގޮތުގައި 4.60% ގެ އިންޓްރެސްޓް ރޭޓެއް ލިބޭ މި ބިލްގެ މުއްދަތު ހަމަވާނީ 14 ޖޫން 2027 ގަ އެވެ.
މި ޓީބިލްތައް ގަތުމަށް ޝައުގުވެރިވާ މާލީ އިދާރާތަކަށާއި އިންވެސްޓަރުންނަށް ފުރުސަތު އޮތީ 14 ޖޫން ގެ ނިޔަލަށެވެ. ޓީބިލަށް އެދޭ ފޯމު އެ ދުވަހެއްގެ ހެނދުނު 8:30 އާއި 11:00 އާ ދެމެދު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.
ނަމަވެސް ބިލް ވިއްކާ މުއްދަތަކީ ރަމަޟާން މަހެއްގެ ދުވަސްވަރެއް ނަމަ، ފޯމު ބަލައިގަންނާނީ ހެނދުނު 9:30 އާއި 10:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.
ޓީބިލަކީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމަށްޓަކައި ދޭތެރެއަކުން ބޭންކުތަކަށާއި، ޕެންޝަން ފަންޑު ފަދަ މާލީ މުއައްސަސާތަކަށް ވިއްކާ، ރިސްކު ކުޑަ މާލީ އިންވެސްޓްމެންޓެކެވެ.
އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރާވާހަކަ ދޮގުކޮށްފި
ދުންނަގެ "މަގްކޭކު" ރަހަބަލާލަން ގިނަ ބަޔަކު ކިޔުޖެހެނީ!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި