ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ތިން މީހުންގެ ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރު ކުރީ، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު، ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އަދި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދެވެ.

އޭގެ ތެރެއިން ހައްޔަރުކުރި އަދުހަމަ އަކީ ނަޝީދަށް ހަމަލާދިން ދިން ބޮމް ގޮއްވާލި މީހާ އެވެ. ބޮމް އޮތީ ސައިކަލެއްގެ މަޑި ދަށުގައި ބާއްވައިފަ އެވެ.

ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރި ފަރާތެވެ. އެއީ ބޮން ބާއްވާފައި އޮތް ސައިކަލެވެ. އެ ސައިކަލުގެ އަސްލު އޮޅުވާލުމަށްޓަކައި ނަމްބަރު ބޯޑު ވަނީ ބަދަލުކޮށްފަ އެވެ. އަދި އިންޖީނު ނަމްބަރު ފޮހެލަން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކް ޔުނިޓުގެ މަސައްކަތުން އިންޖީނު ނަމްބަރު ވަނީ ދެނެގަނެވިފަ އެވެ.

ދެން ހައްޔަރުކުރީ މުޖާޒު ވަނީ އަދުހަމް އާއެކު ހަމަލާދިން ރޭ މުޅިންހެން އުޅެފަ އެވެ. އެގޮތުން ފުލުހުން ބުނީ، އެ ދެ މީހުން މާލޭގެ އެކި މަގުތަކުންނާއި ބައެއް ޕާކުތަކުން ފެންނަ ކެމެރާ ފުޓޭޖް ދައްކައިފަ އެވެ.

މުޖާޒް އާއި ތަހުމީން ހައްޔަރު ކުރީ އިއްޔެ އެވެ. އެ ދެ މީހުންނަކީވެސް ސީދާ ހަމަލާއާ ގުޅުންހުރި މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ތެރެއިން ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ