ވ. އަތޮޅަށް މުދާ އުފުލުމަށް މާލޭ ޓީ-ޖެޓީން ފުރި "ކުރިމަގު" ނަމަކަށް ކިޔާ ދޯނި، ދިޔަވުމުގެ ސަބަބުން އަނބުރާ ބަނދަރަށް ވަދެފައިވަނިކޮށް މިއަދު ފެތިއްޖެ އެވެ.
މިރޭ 7:31 ހާއިރު ހިނގި މި ހާދިސާގައި، "ކުރިމަގު" ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ދަތުރު ފެށިތަނާހެން ދިޔަވަން ފެށުމުން، އަވަސް ފިޔަވަޅެއްގެ ގޮތުން އަނބުރާ ބަނދަރަށް ވަތް ފަހުންނެވެ. ބަނދަރުގައި އޮއްވައި އެ ދޯނި އަޑިއަށް ދިޔައީ ކުއްލި ގޮތަކަށް ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. ދޯނި ފެތުނު ވަގުތު އޭގައި ތިބި ފަޅުވެރިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ ސަލާމަތްވެފައިވެ އެވެ.
މިހާރު އަޑިއަށް ގޮސްފައިވާ ދޯނި ނެގުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް، އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" އާއްމުންނަށް ކަމުގޮސްފި
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި
