ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު މީގެ ކުރިން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރުމަށްޓަކައި ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ޝަކީލަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ.
ޝަކީލް އެންމެ ފަހުން ހުންނެވީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
އޭނާ ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ސްމާޓް ފޯނުން ކެންސަރަށް މަގުފަހި ވޭތަ؟
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
