ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިއަދު އިކުއެޑޯ އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ މެކްސިކޯ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
މިއީ 40 އަހަރުގެ ތެރޭގައި މެކްސިކޯ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މެކްސިކޯ މޮޅުވީ 1986 ވަނަ އަހަރެވެ. އެ އަހަރު މުބާރާތް އޮތީ މެކްސިކޯގަ އެވެ.
މެކްސިކޯގައި ކުޅުނު މެޗުގެ 22 ވަނަ މިނިޓުގައި މެކްސިކޯ އިން ލީޑު ނެގީ އެ ޓީމުގެ ފޯވަޑް ހޫލިއަން ކުއިނޯނޭސް ޖެހި ލަނޑުންނެވެ. އަދި ފުރަތަަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފޯވަޑް ރައޫލް ހިމެނޭޒް އެވެ.
މެޗުގެ އިތުރު ވަގުތުގައި އިކުއެޑޯގެ ޕިއޭރޯ ހިންކަޕިއޭއަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މުބާރާތުގެ ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑް ނުވަތަ ކޮންގޯ އެވެ.
ނޭދަލޭންޑްސް ހިތްދަތި ގޮތަކަށް ބަލިވެއްޖެ
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު