ފީފާ ވޯލްްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިއަދު އަލްޖީރިއާ އަތުން 2-0 އިން މޮޅުވެ، ސްވިޓްޒަލޭންޑް މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
ކެނެޑާގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓުގައި ސްވިޓްޒަލޭންޑުން ލީޑު ނެގީ ފޯވަޑް ބްރީލް އެމްބޯލޯ ޖެހި ލަނޑުންނެވެ. އަދި ދެވަނަ ހާފު ފެށުނުތާ މާގިނަ އިރެއް ނުވެ، ސްވިޓްޒަލޭންޑްގެ ޑޭން އެންޑޯޔޭ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.
މިއީ 1938 ވަނަ އަަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން ސްވިޓްޒަލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1954 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އެއް ލަނޑަށްވުރެ ގިނައިން ސްވިޓްޒަލޭންޑް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މިއީ ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ސްވިޓްޒަލޭންޑްގެ ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ.
މުބާރާތުގެ ގަދަ 16ގެ ބުރުގައި ސްވިޓްޒަލޭންޑާ ދެކޮޅަށް ނުކުންނާނީ ގާނާ ނުވަތަ ކޮލަމްބިއާ އެވެ.
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި
ޔުކްރޭންގެ ނޫޑްލްސް އަކުން ޔޫރަޕްގައި ސަލްމޮނެއްލާ ފެތުރެނީ