ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދިޔާނާ އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ. މިއީ ސަފީރުން އައްޔަންކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދުމަށް އޮންނަ އިޖުރާއަތުގެ ދަށުން ކުރިއަށްގެންދާ މަރުހަލާއެކެވެ.
ދިޔާނާ އަކީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރައިބުކަން ކުރެއްވި އެވެ. އޭގެ ފަހުން، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަންވެ ސް ދިޔާނާ ވަނީ ކުރައްވާފަ އެވެ.
ދިޔާނާއަކީ ފޮރިން ސާވިސްގެ ދާއިމީ މުވައްޒަފަކަށް ނުވާތީ، ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާއެއްގެ ގޮތުން މިދިޔަ އޭޕްރިލް މަހު އޭނާ ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
ސްކޫލްތައް އޭސީކޮށް ނިމޭނެ ތާރީހެއް ނޭނގޭ: މިނިސްޓަރު
އޮލިމްޕިކްސްގައި އެއް ޓީމެއް، ވޯލްޑް ކަޕްގައި 4 ޓީމު!
އޮއްޕޮ އެފްއޭއެމާ ދެކޮޅަށް ކޯޓަށް
